މާލެ ސަރަހައްދުން ބޯހިޔާވަހިކަން ލިބޭ މީހުންގެ ދާއިމީ ލިސްޓު ޑިސެމްބަރު މަހު އާންމުކުރަނީ
ފާތިމަތު މިޝްކާ

SHARE
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، މާލެ ސަރަޙައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ފޯމުތައް ޗެކްކުރުމުގެ މަސައްކަތް ނިންމައި، މި އަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރޭގައި ދާއިމީ ލިސްޓު އިޢުލާނުކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ހާމަކޮށްފި އެވެ.

މިނިސްޓްރީއިން ބުނި ގޮތުގައި ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ޞައްޙަތޯ ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 58،585 ފޯމު ހުށަހަޅާފައިވާކަން ފާހަގަކުރައްވައި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ދާނަމަ ޑިސެމްބަރު މަހުގެ މެދުތެރޭގައި ދާއިމީ ލިސްޓު ޢާންމުކުރެވޭނެ ކަމުގެ ޔަޤީންކަން ސްޓޭޓް މިނިސްޓަރު ދެއްވިއެވެ.
"ޑިސެމްބަރު މެދު ތެރެއަށް އިވެލުއޭޝަން އެއްކޮށް ނިންމާލެވޭނެ، އަޅުގަނޑުމެންގެ ތާވަލު އޮތް ގޮތުން ޑިސެމްބަރުގެ ކުރީކޮޅު ނިންމާލެވިފައި (އިވެލުއޭޝަން) މެދު ތެރެއަށް ދާއިމީ ލިސްޓެއް އިއުލާނު ކުރެވޭނެ،" މިނިސްޓްރީއިން ބުނެފައިވެ އެވެ.
ގޯއްޗާއި ފްލެޓް ދޫކުރުމާ ގުޅޭ މަޢުލޫމާތުތައް، އިވެލުއޭޝަން މަރުޙަލާގެ ތެރެއިން އެޕްލިކަންޓުންނާ މިނިސްޓްރީން ހިއްސާކުރަމުން ގެންދާނެ ކަމަށާއި މި މަރުޙަލާގައި ބަލާނީ ހުށަހަޅާފައިވާ މަޢުލޫމާތުތަކުގެ އިތުރުން، ސަރުކާރުގެ އެކި އިދާރާތަކާއި ކައުންސިލްތަކުން މިނިސްޓްރީއަށް ލިބިފައިވާ މަޢުލޫމާތުތަކަށް ކަމަށް މިނިސްޓްރީއިން ބުނެފައިވެ އެވެ.
އެޕްލިކޭޝަން ފޯމުގައިވާ މަޢުލޫމާތުގައި އެއްވެސް ފުށުއެރުމެއް ފާހަގަކުރެވިއްޖެނަމަ، "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެކަން އެޕްލިކަންޓަށް އަންގާނެ ކަމަށާއި ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ފޮނުވާ ނޯޓިހުގައިވާ މަޢުލޫމާތަކީ ޞައްޙަ ނޫން މަޢުލޫމާތެއް ކަމަށްވާނަމަ، އެކަމުގެ ތަފްޞީލާއި ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ކަލަންޑަރު 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

.jpg&w=3840&q=75)
