logo

ނޭޕާލަށް އެހީވުމުގެ ފުރުސަތު ރެޑް ކްރެސެންޓުން ހުޅުވައިލައިފި

އައިޝަތު ހިދާޔާ

29 އޯގަސްޓު 2026 - 07:39
ނޭޕާލަށް އެހީވުމުގެ ފުރުސަތު ރެޑް ކްރެސެންޓުން ހުޅުވައިލައިފި

SHARE

ނޭޕާލުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް އެހީވުމުގެ ފުރުސަތު އިއްޔެ ހުޅުވައިލައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރެޑް ކްރެސެންޓުން ބުނީ, "އެމްއާރުސީ ނޭޕާލް ސޮލިޑިޓަރީ ފަންޑު"ގެ ނަމުގައި މި ފަންޑުއަންނަ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާފައި ހުންނާނެކަމަށެވެ. ފައިސާ ފޮނުވަން ޖެހޭނީ ކްރައުޑު ފަންޑިން ޕްލެޓްފޯމް "ގިވް އޭޝިއާ" މެދުވެރިކޮށެވެ.

View post on Twitter

މި ފައިސާ ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ ނޭޕާލް ރެޑް ކްރޮސް ސޮސައިޓީއަށެވެ. ފައިސާ ފޮނުވާނީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް މެދުވެރިކޮށް ކަމަށް ރެޑް ކްރެސެންޓުން ބުންޏެވެ.

ރެޑް ކްރެސެންޓުން ބުނީ, މި ފަންޑަށް ލިބުނު ފައިސާގެ ޖުމުލަ އަދަދު ފަންޑު ބަންދުކުރުމަށްފަހު ހާމަކުރާނެކަމަށެވެ.

ރެޑް ކްރެސެންޓުގެ އަމާޒަކީ 10,000 ޑޮލަރު ހޯދުންކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

ނޭޕާލުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި 93,000އެއްހައި މީހުންނަށް ވަނީ އަސަރުކޮށްފައެވެ. އަދި އެ ގައުމުގެ ވެރިކަންކުރާ ކަތްމަންޑޫގެ މަގުތަކާއި ބްރިޖުތައް ހަލާކުވެފައިވާއިރު, މި ހާދިސާގައި ގެއްލުނު މީހުންގެ އަދަދު ވަނީ 2,500އަސް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 600އަށްވުރެ މައްޗަށް އަރާފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d