logo

ގިނަ ފަންގިފިލާތައް ހުންނަ ޕާކިން ބިލްޑިން ތަރައްގީކުރުމަށް ބަޔަކާ ހަވާލުކުރަނީ

ފާތިމަތު މިޝްކާ

9 ސެޕްޓެމްބަރު 2026 - 07:05
ގިނަ ފަންގިފިލާތައް ހުންނަ ޕާކިން ބިލްޑިން ތަރައްގީކުރުމަށް ބަޔަކާ ހަވާލުކުރަނީ

SHARE

ގިނަ ފަންގިފިލާތައް ހުންނަ ޕާކިން ބިލްޑިން ތަރައްގީކުރުމަށް ބަޔަކާ ހަވާލުކުރުމަށް ނިންމާފައިވާކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ހުޅުމާލެ އާއި ވިލިމާލެ ހިމެނޭހެން މާލެ ސަރަހައްދުގައި 7 ޕާކިން ބިލްޑިން ތަރައްގީކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ޕާކިން ބިލްޑިންތަކާއެކު ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް 2600 އަށްވުރެ ގިނަ ޖާގަ ލިބިގެންދާނެ ކަމަށާއި ދެ ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބިގެންދާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މާލޭގެ ސޯސަން މަގުގައި ހުރި ޕާކިން ޒޯނާއި ހީނާމާގެ ޕާކިން ޒޯނުގައި ޕާކިން ބިލްޑިންތައް ތަރައްގީކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެކަމަށް ސައީދު ވިދާޅުވި އެވެ.

ޕާކިންގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި އަޅަން ހަމަޖެހިފައިވާ ހަތް ބިލްޑިންގެ އަމަލީ މަސައްކަތް މި އަހަރު ތެރޭ ވަނީ ފަށާފަ އެވެ. ބެޗް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ ޕްރޮޖެކްޓްގެ މަސައްކަތް ފެށީ މި އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.

ސަރުކާރުގެ ހަރަދުގައި މިއަހަރުގެ ތެރޭގައި މާލޭގައި ދެ ޕާކިން ބިލްޑިން ހެދުމުގެ މަސައްކަތް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d