logo

ރައީސަށް އިންޖިނިއަރިން ދާއިރާއިން އެވޯޑު ދޭން އުޅޭކަމަށް ބުނެ ފަތުރަނީ ދޮގު: މިނިސްޓަރު

މިންހާ އަބްދުالله

9 ސެޕްޓެމްބަރު 2026 - 07:53
ރައީސަށް އިންޖިނިއަރިން ދާއިރާއިން އެވޯޑު ދޭން އުޅޭކަމަށް ބުނެ ފަތުރަނީ ދޮގު: މިނިސްޓަރު

SHARE

އިންޖިނިއަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭން ނިންމާފައިވާ އެވޯޑުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އެވޯޑު ދިނުމަށް ނިންމާފައިވާކަމަށް ބުނެ ޝާއިއުކޮށްފައިވާ ހަބަރަކީ ދޮގެއްކަމަށް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސަށް އިންޖިނިއަރިން އެވޯޑެއް ދޭން އުޅޭކަމަށް ބުނެ ޝާއިއުކޮށްފައިވާ ހަބަރު ދޮގުކޮށް މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޖިންނިއަރިންގ އެވޯޑަކީ އުޞޫލު ގެޒެޓުކޮށް، އެޕްލައިކުރުމަށް ހުޅުވާލާ، ލިބުނު އެޕްލިކޭޝަންތައް މިނިވަން ކޮމިޓީއަކުން ބަލާ އިންޓަވިއުކޮށް އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާފައިވާ އެވޯޑެއް ކަމަށެވެ.

"އެއްވެސް ޙަގީގަތެއް ނެތް މި ޚަބަރު ލިޔެފައި މިވަނީ ރައީސް ޑރ. މުޢިއްޒަކީ އިންޖިންނިއަރިންގ ދާއިރާއިން ޤައުމަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތަކަށް ވާތީ، އެވޯޑް ލިބުން ޙައްޤުކަމަށް ޢަދަދު ނޫހުން ޤަބޫލުކުރާތީ ކަމަށް އަޅުގަނޑު ދެކެން،" މިނިސްޓަރު ވިދާޅުވި އެވެ.

މި އެވޯޑަކީ ރާއްޖޭގެ ތަރައްގީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ހިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ އިންޖީނިއަރުންގެ ދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވައިފަ އެވެ. މި ދުވަސް ރާއްޖޭގެ އިންޖީނިއަރުންގެ ދުވަހުގެ ގޮތުގައި ރައީސް ހަމަޖެއްސަވާފައިވަނީ، ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖުގެ އަމަލީ މަސައްކަތް ނިންމުމަށްފަހު އާންމުންނަށް ހުޅުވާލެވުނީ މިދުވަހުގައި ކަމުގައި ވާތީއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d