ރިސޯޓުތަކުން ނުދައްކާ ހުރި ފައިސާ 97 މިލިއަން ޑޮލަރަށް އަރާ: އަމީން
ފާތިމަތު މިޝްކާ

ޓްރާންސްޕޯޓު މިނިސްޓަރު އަމީން
SHARE
ރިސޯޓުތަކުން ނުދައްކާ ހުރި ފައިސާ 97 މިލިއަން ޑޮލަރަށް އަރާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ރިސޯޓުތަކުން ބިމު ކުއްޔާއި އެ ކުލި ނުދެއްކުމުން އަރާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު 97 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ.
އެގޮތުން ބައެއް ރިސޯޓުތަކުން 2013އިން ފެށިގެން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރިކަމަށް އަމީން ވިދާޅުވި އެވެ. މިއީ ވަރަށް ދިގު މުއްދަތެއްގެ މައްސަލަތަކަށްވުމުން މި މައްސަލަތައް ހައްލުކުރުމަށް ވެސް ވަގުތު ނަގާނެ ކަމަށް އަމީން ވިދާޅުވި އެވެ.
އެހެންނަމަވެސް އެ ފައިސާ ހޯދުމަށް ކެބިނެޓުން ނިންމާފައިވާކަމަށް އަމީން ވިދާޅުވި އެވެ. އަދި ކުލި ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަކި ނިޒާމެއް ކަނޑައަޅާނެ ކަމަށާއި މިނިސްޓްރީއިން ކަނޑައަޅާ ޓައިމްލައިންއާ އެއްގޮތަށް ދެން ވެސް ފައިސާ ނުދައްކާނަމަ އިތުރު ފިޔަވަޅު އަޅާނެކަމަށް އަމީން ވިދާޅުވި އެވެ.
ރިސޯޓުތަކުން ނަގާ ކުއްޔަކީ ސީދާ ރައްޔިތުންނާއި ގުޅިފައިވާ ރައްޔިތުންގެ ހައްގުތަކެއް ކަމަށް އަމީން ވިދާޅުވި އެވެ. އެހެންކަމުން ރިސޯޓުތައް ހިންގަންޖެހޭނީ ދައްކަން ޖެހޭ ކުއްޔާއި ފައިސާ ދައްކައިގެން ކަމަށް އަމީން ވިދާޅުވި އެވެ.

.jpg&w=3840&q=75)
