logo

ރާއްޖޭގެ ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑު ހަރުކުރުމުގެ މަޝްރޫއު ފަށައިފި

ފާތިމަތު މިޝްކާ

14 ސެޕްޓެމްބަރު 2026 - 07:44
ރާއްޖޭގެ ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑު ހަރުކުރުމުގެ މަޝްރޫއު ފަށައިފި

ނަސޭހަތުގެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ކުރަނީ

SHARE

ރާއްޖޭގެ ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑު ހަރުކުރުމުގެ މަޝްރޫއު ފަށައިފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިކަން ބޮޑު މަޝްރޫއެއްގެ ގޮތުގައި އިއުލާންކުރައްވާފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ.

މި މަޝްރޫއު ކުރިއަށްގެންދަނީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެންނެވެ. މި މަސައްކަތް ކުރަމުންދަނީ ރަށްތަކުގެ ކައުންސިލުތަކާއި މަދަނީ ޖަމިއްޔާތަކާއި ގުޅިގެންނެވެ.

undefinedބޯޑުތައް ހަރުކުރުމުގެ މަސައްކަތް ކުރަނީ

މި މަޝްރޫއުގެ ދަށުން ރަށްރަށުގެ އެކި ސަރަހައްދުތަކުގައި ނަސޭހަތުގެ ބޯޑުތަކާއި ޒިކުރުގެ ބޯޑުތައް ހަރުކުރެވިގެންދާނެ އެވެ. މިއީ ދީނުގެ ކަންކަން އާންމު ރައްޔިތުންނަށް ހަނދާންކޮށްދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތެކެވެ.

އާންމު ރައްޔިތުންނަށް މިކަންކަން މަތިން ހަނދާންކޮށްދިނުމާއި ދީނީ ކަންކަމާއި ހެޔޮ އަމަލުތައް ކުރުމަށް ބާރު އެޅުމަކީ މި މަޝްރޫއުގެ އެންމެ ބޮޑު މަގްސަދެވެ.

މިހާރުވެސް ވަރަށް ގިނަ ރަށްރަށުގައި، އެ ރަށްތަކުގެ ކައުންސިލުތަކުންނާއި ޖަމިއްޔާތައް ގުޅިގެން މިފަދަ ބޯޑުތައް ހުންނަނީ ހަރުކޮށްފަ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d