logo

ހީނާމާގެ ޕާކިން ޒޯން ކައިރީ ހުރި މިސްކިތް ތަޅާލައި ޒަމާނީ މިސްކިތެއް އަޅަނީ

ސައިފުﷲ އަލީ

22 ސެޕްޓެމްބަރު 2026 - 12:43
ހީނާމާގެ ޕާކިން ޒޯން ކައިރީ ހުރި މިސްކިތް ތަޅާލައި ޒަމާނީ މިސްކިތެއް އަޅަނީ

SHARE

ހީނާމާގެ ޕާކިން ޒޯން ކައިރީ ހުރި މަސްޖިދުއްސުލްޠާން އާދިލް ހުރި ބިމުގައި އާ މިސްކިތެއް ބިނާކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި މިސްކިތް ބިނާ ކުރުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހަވާލުކޮށްފައިވަނީ މާޒިޔާ ސާވިސަސް ޕްރައިވެޓް ލިމިޓެޑާއެވެ.

މަސްޖިދުއްސުލްތާން އާދިލް ހުރި ބިމުގައި ބިނާ ކުރާ އައު މިސްކިތަކީ 390 މީހުންނަށް ނަމާދުކުރެވޭނެ ޖާގައާއެކު ބިނާ ކުރާ މިސްކިތެކެވެ. މި މިސްކިތް ބިނާ ކުރަނީ ދެ ފަންގިފިލާއަށް ޓެރަހަކާއެކުގައެވެ. މިސްކިތުގެ ގްރައުންޑް ފްލޯގައި 76 މީހުންނަށް ނަމާދު ކުރެވޭއިރު ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި 157 މީހުންނަށް ނަމާދު ކުރެވޭނެއެވެ.

އެ މިސްކިތަކީ ރަމަޟާންމަހާއި ހުކުރު ދުވަހުވެސް ފުރިބާރުވެފައި އޮންނަ މިސްކިތެވެ. މިސްކިތުގެ ޖާގަ ކުޑަވުމުގެ ސަބަބުން މަގުމަތީގައިވެސް ނަމާދުގެ ސަފުތައް ހަދާފައި އޮވެއެވެ.

މާލޭގައި ހުރި ބާ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މ. މުއިވެޔޮދޮށުގެ/ބޮޑުގެ ބިމުގައި ޒަމާނީ މިސްކިތަކާއި ދައުވާ ސެންޓަރެއް އިމާރާތްކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި ޒިކުރާ މިސްކިތް ހުރި ބިމުގައިވެސް އާ މިސްކިތެއް ބިނާކުރުމަށް ވަނީ ހަވާލުކޮށްފައެވެ. ނިންމާފައިވާއިރު ވިލިމާލެ ސަލާމް މިސްކިތް ތަޅާލައި އެތަނުގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށްވެސް ވަނީ ހަވާލުކޮށްފައެވެ.

މި ހުރިހާ މިސްކިތްތައް ބިނާކުރަނީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d