logo

އިމާމުންނާއި ހަތީބުންގެ ހާއްސަ ހެދުމުގެ ވަގުތީ ޑިޒައިން މިނިސްޓަރު އާންމުކުރައްވައިފި

ސައިފުﷲ އަލީ

22 ސެޕްޓެމްބަރު 2026 - 19:16
އިމާމުންނާއި ހަތީބުންގެ ހާއްސަ ހެދުމުގެ ވަގުތީ ޑިޒައިން މިނިސްޓަރު އާންމުކުރައްވައިފި

SHARE

ރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނާއި ހަތީބުން ބޭނުންކުރުމަށް ހާއްސަ ހެދުމުގެ ވަގުތީ ޑިޒައިނެއް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ އާންމުންނަށް ދައްކާލައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިނިސްޓަރު މީސްމީޑިއާ މެދުވެރިކުރައްވައި އާންމުކުރެއްވި މި ހެދުމާއި ބޮލުގައި އަޅާ ތާކިހަލުން ފެންނަނީ މުޅިންވެސް ދިވެހިވަންތަ ސިފަތަކެކެވެ. މި ޑިޒައިން ފަރުމާކޮށްފައިވަނީ މިސްކިތްތަކުގެ މުންނާރާއި ހުކުރު މިސްކިތުގެ ހިރިގަލުގެ މަސައްކަތްތަކުގެ އިތުރުން ތުނޑުކުނަލުގެ ފަރުމާތަކުން ހިޔާލު ހޯދައިގެންނެވެ.

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި މިއީ ފުރަތަމަ މަރުހަލާގެ ވަގުތީ ޑިޒައިނެކެވެ. މި ހެދުމުގެ ފައިނަލް ޑިޒައިން އެއްކޮށް ނިންމާނީ އާންމުންގެ ގިނަ ބަޔަކު އެދޭ ގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތް ނިންމުމުގައި ވީހާވެސް ގިނަ ހިޔާލުތަކާއި ރާއްޖޭގެ ތާރީހާއި ސަގާފީ އަސަރުތައް ހިމެނުމަށް އިސްކަންދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހެދުން ފަރުމާކުރުމުގައި ބަލާފައިވަނީ އަސާރީ މަސައްކަތްތަކާއި ދިވެހިންގެ އިސްލާމީ ހަޟާރަތުގެ ބަހާތަކުގެ މައްޗަށް ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ އަންނަ ރޯދަ މަހަށް މި ހެދުން ތަންފީޒުކޮށް އިމާމުންނަށް ބޭނުންކުރެވޭ ގޮތް ހެދުމެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ސަގާފަތާއި ތާރީހު ދެމެހެއްޓުމާއެކު، ދީނީ އާދަކާދައިގެ ތެރެއަށް ވަންނަމުންދާ ބިދޭސީ ސަގާފަތްތަކުން ސަލާމަތްވުމެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d