އިންތިޒާރު ނިމުމަކަށް, ނަހުލާގެ “މަޖުނޫނު” ގެ ޕޯސްޓަރާއި ޓީޒާ ދައްކާލަނީ
އައިޝަތު ހިދާޔާ

SHARE
ފިލްމީ ދާއިރާގެ އެންމެ ފުންނާބު އުސް އެއް ފިލްމް ޕްރޮޑިއުސަރުކަމަށްވާ، ފާތިމަތު ނަހުލާގެ “މަޖުނޫނު” ގެ ޕޯސްޓަރު އާންމުކުރުމަށާއި، ބެލުންތެރިންނަށް ޓީޒާ ދައްކާލުމަށް މިރޭ ވަރަށް ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފިއެވެ. މި ފިލްމް އުފައްދާ ކްރިސްޓަލް އެންޓަޓައިމަންޓުން ހިއްސާކޮށްފައިވާ މަންޒަރުތަކުން މިއީ ލޯބީގެ އަސަރުގަދަ ފިލްމެއްކަން އެނގެއެވެ. ކްރިސްޓަލް އެންޓަޓައިންމަންޓުން ހިއްސާ ކުރާ ގޮތުގައި "މަޖުނޫން" އަކީ ތަގުދީރާ ދެކޮޅަށް ލިޔެވިފައިވާ އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

މި ފިލްމް އޮލިމްޕަހަށް އައުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
މި ފިލްމުގެ ޓީޒާއާއި ޕޯސްޓަރު އަދި އެހެން ކަންކަން ބެލުންތެރިންނަސް ހިއްސާކުރަން ބާއްވާ މި އިވެންޓުގައި ރާއްޖޭގެ މަޝްހޫރު ގިނަ ފިލްމީ ތަރިން ވެސް ބައިވެރި ވާނެއެވެ, މި ފިލްމުގެ ކާސްޓުންގެ ތެރޭގައި، ބަތަލާ މަރިއަމް ޝިފާ، ވާޝިޔާ މުހައްމަދު، އަދި ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ތަރި އަހްމަދު ޝާރިފް ފާހަގަކޮށްލެވެއެވެ. އަދި އާނަންދުގެ ނަމުން މަޝްހޫރުވެފައިވާ އަހްމަދު އީސަގެ އިތުރުން، ފިލްމީ ދާއިރާގައި އެތައް ދުވަހެއް މަސައްކަތްކޮށްފައިވާ ތަޖުރިބާކާރުންވެސް މި ފިލްމުގައި ހިމެނެއެވެ. ފިލްމްގެ ލަވަތައް ކިޔާފައިވަނީ ވެސް ރާއްޖޭގެ ފުންނާބު އުސް، ރީތި އަޑުތަކުގެ ވެރިންނެވެ. މީގެ ތެރޭގައި ޝަލަބީ އިބްރާހީމް، އައިޝްތު މާއިން، އައިޝަތު ރާޔާ އަޝްރަފް ހިމެނެއެވެ.މި ފިލްމާ ގުޅިގެން މިހާތަނަށް ކާސްޓުން ދައްކާފައިވާ ވާހަކަތަކުން, މިއީ އޮލިމްޕަހުގައި ތަފާތު ދައްކާނެ ފިލްމެއްކަން އެނގެއެވެ.
މިފަހުން ނަހުލާ ވަނީ "ސޮރީ"ގެ ނަމުގައި ވަރަށް ކާިޔާބު ފިލްމެއް އުފައްދަފައެވެ. މި ފިލްމުން ދިވެހިންގެ މެދުގައި މަގުބޫލުކަމާއި، އެތައް ލޯތްބެއް ހޯދި ނަހުލާގެ ދެ ދަރިންކަމަށްވާ، ލާލި އަދި އެވްލީ ވެސް "މަޖުނޫނުން" ފެނުމަކީ ބެލުންތެރިން މި ފިލްމަށް ކުރާ އުއްމީދާއި، އިންތިޒާރު އިތުރަށް ބޮޑުވެ، ފިލްމަށް ބޮޑު ސަޕޯޓެއް ލިބޭނެ ކަމެއްކަމަސް ފިލްމު ތައްޔާރުކުރި ޓިމުން ގަބޫލުކުރެއެވެ. ނަހުލާއަކީ ލޯބީގެ ފިލްމުތަކުން މީގެ ކުރިން ވެސް އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްފައިވާ ކުޅަދާނަ ފިލްމް އުފެންދުންތެރިއެކެވެ. މީގެތެރޭގައި ޒުލޭހާފަދަ އެތައް ދިވެހިންނެއްގެ ހިތްތަކާއި ކުޅެލި ފިލްމްތައް ހިމެނެއެވެ.


