logo

މަގޭ ބިޓުގެ ވެޑިންގެ ވަދާއީ ޝޯތަކުގެ ޓިކެޓްތައް ވިއްކަން ފަށައިފި

އައިޝަތު ހިދާޔާ

17 ސެޕްޓެމްބަރު 2026 - 11:18
މަގޭ ބިޓުގެ ވެޑިންގެ ވަދާއީ ޝޯތަކުގެ ޓިކެޓްތައް ވިއްކަން ފަށައިފި

SHARE

ޑާކް ރެއިން އެންޓަޓައިންމަންޓުގެ ކޮމެޑީ ފިލްމު "މަގޭ ބިޓުގެ ވެޑިން"ގެ ވަދާއީ ޝޯތައް އޮލިމްޕަހުގައި ދައްކަން ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ފިލްމު ރިލީޒްކުރީ މިމަހުގެ ދެވަނަ ދުވަހުއެވެ. އޭގެ ފަހުން މި ޝޯއަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު, ޝޯތައް ދައްކަމުން ދިޔައީ ހައުސްފުލްކޮށެވެ. މި ޝޯތައް މިމަހުގެ 19ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ޑާކް ރެއިންއިން ވަނީ ނިންމާފައެވެ.

މި ފިލްމު ލިޔެފައި ވަނީ މަޝްހޫރު ޕްރެޒެންޓަރު އަދި ފިލްމު ލިޔުންތެރިޔާ ޝަހުސާމަހްމޫދެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދުގެ އިތުރުން ކައިލީން މުހައްމަދު އަލީއެވެ.

undefinedScreenshot

މި ފިލްމުގައި ވސް މިހާރު ފިލްމީ ދާއިރަގައި އެންމެ ފާހަގަކޮށްލެވޭ ތަރިން ފެނިގެންދެއެވެ. އެގޮތުން, މި ފިލްމުގެ މެއިން ކެރެކްޓާއެއްގެ ގޮތުގައި ޝަރަފް އަބްދުﷲ (ޝަރަފް) ފެންނައިރު, ފިލްމުން އާ ފަންނާނެ ފިލްމީ ދާއިރާއަށް ތައާރަފު ވެއެވެ. އެއީ, ފާތިމަތު ރާޔާއެވެ.

މީގެއިތުރުން, މަޖާ ފިލްމުތަކުން ފެންނަ ޝާފިއު އިބްރާހީމް (ފުބޫ) އާއި މިހަާރު ވެސް ބެލުންތެރިން ހިތްތަކުގައި ފަނޑުވުމެއް ނެތް ޝީލާ ނަޖީބް ވެސް މި ފިލްމުގައި ފެންނަނެއެވެ.

މި ފިލްމުގެ ވަދާއީ ޝޯގެ ޓިކެޓުތައް ބުކް ކުރުމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ހޮޓްލައިން 9911229 އަށް ގުޅުމުން ޓިކެޓް ލިބޭނެ ކަމަށް ޑާކްރެއިންއިން ވަނީ ބުނެފައެވެ.

މި ފިލްމު ބެލި ގިނަ ބަޔަކު ބުނަނީ މިއީ މަޖާ ރައްޓެހިންނާއެކު ބަލައިލަން ކަމުދާ ފިލްމެއް ކަމަށެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d