logo

ރާއްޖޭގައި 12 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހިނގަމުން އެބަދޭ: ސައީދު

ސައިފުﷲ އަލީ

17 ސެޕްޓެމްބަރު 2026 - 16:41
ރާއްޖޭގައި 12 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހިނގަމުން އެބަދޭ: ސައީދު

SHARE

އިގްތިސާދީ ދަތިކަންކަމުގެ ވާހަކަ އެކި ފަރާތްތަކުން ދެއްކި ނަމަވެސް، ރާއްޖޭގައި މިހާރު ވެސް ގާތްގަނޑަކަށް 12 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓްތައް ހިނގަމުންދާ ކަމަށާއި އިންވެސްޓަރުންގެ އިތުބާރު އިތުރުވަމުންދާ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ވަޒީރު މިފަދައިން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މަތީ މަޖިލީހުގެ ހަވާސާގައި "އެމްއެމްޓީވީ"އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ. ވަޒީރު ސަޢީދު ވިދާޅުވީ ދުނިޔޭގެ މަސްރަހު ނާޒުކު ފައްތަރެއްގައި އޮތްއިރު ވެސް ރާއްޖެ ބަނގުރޫޓުނުވެ، ކާބޯތަކެއްޗާއި ތެލާއި ގޭހުގެ ދަތިކަމެއް ނެތި ކުރިއަށްދާ ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް އިންތިޚާބުކުރީ ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ އުންމީދުގައެވެ. އަދި މީގެ ކުރިން ގައުމު ވެއްޓިފައި އޮތްފަދަ ނުރައްކާތެރި އަނދަވަޅަކަށް އަލުން ވެއްޓެން މިއަދު އެއްވެސް ދިވެހި ރައްޔިތަކު ބޭނުންނުވާނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ކޮންމެ ސިޔާސަތެއްވެސް ބިނާވެފައިވަނީ "ދިވެހީންގެ ރާއްޖެ" އަދި "އެންމެ ފުރަތަމަ ގައުމު" މި އަސާސުގެ މައްޗަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. މެދުއިރުމަތީގެ ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރަމުންދާއިރު ވެސް، އޭގެ ނޭދެވޭ އަސަރު ދިވެހިންނަށް ނުކުރާނެހެން ކަންކަން ރާވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތަކާއި، ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ހަރުދަނާ ސިޔާސަތުތައް މިއަދު ވިޔަފާރިވެރިން ވެސް ބަލައިގަންނަކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ޓީ-ބިލު ވިއްކައިގެން ނަގާފައިވާ ސަތޭކަ ފަންސާސް މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން ދައްކައި ހަލާސްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ އިގްތިސާދީ ގޮތުން ދަތި ދަނޑިވަޅެއްގައި ރާއްޖެއިން ހޯދި ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ފުދުންތެރި އަދި ބާރުވެރި ދިވެހިރާއްޖެއެއް ބިނާކުރެއްވުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d