ކުރިން ޓީޓީ ހެދުމަށް ދޫކުރަނީ މަހަކު 10 މިލިއަން ޑޮލަރު، މިހާރު 27 މިލިއަން ޑޮލަރު ދޫކުރޭ: ސައީދު
ފާތިމަތު މިޝްކާ

ރޭ ކުރިއަށްދިޔަ އަހާ ފޯރަމްގައި މިނިސްޓަރު ސައީދު
SHARE
މީގެ ކުރިން ޓީޓީ ހެދުމަށް ރަސްމީ ރޭޓުގައި ދޫކުރަނީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ކަމަށާއި މިހާރު މަހެއްގެ މައްޗަށް ގާތްގަނޑަކަށް 27 މިލިއަން ޑޮލަރު ދޫކުރާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރޭ ކުރިއަށް ދިޔަ "އަހާ" ފޯރަމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ 2022 ވަނަ އަހަރު ޓީޓީ ހެދުމަށް ބީއެމްއެލްއިން ރަސްމީ ރޭޓުގައި 130 މިލިޔަން ޑޮލަރު ދޫކޮށްފައިވާކަމަށެވެ. މިއަހަރުގެ މިހާތަނަށް 213 މިލިޔަން ޑޮލަރު ޓީޓީއަށް ރަސްމީ ރޭޓުގައި ދޫކޮށްފައިވާކަމަށް ސައީދު ވިދާޅުވި އެވެ.
ކާޑު ޓްރާންސެކްޝަންތަކަށް ބަލާއިރު 2022 ވަނަ އަހަރު ބީއެމްއެލްއިން 161 މިލިޔަން ޑޮލަރު ދޫކޮށްފައިވާއިރު މިއަހަރުގެ މިހާތަނަށް މި އަދަދު 304 މިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ޑޮލަރުގެ ދަތިކަމާއެކުވެސް ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި ބޭސްފަރުވާއަށާއި ހައްޖާއި އުމްރާއަށް ފުރާ ދިވެހިންނަށް ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރަމުންދާ ކަމަށެވެ.
ޑޮލަރު ބޭނުންކުރާ މިންވަރު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ޑޮލަރުގެ މައްސަލައަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ސައީދު ވިދާޅުވި އެވެ.

.png&w=3840&q=75)
