logo

ހިޔާ ފްލެޓެއްގެ ބެލްކަނީގައި ޖިންސީ އަމަލު ހިންގި ދެ މީހުން ހައްޔަރުކޮށްފި

ސައިފުﷲ އަލީ

18 ސެޕްޓެމްބަރު 2026 - 16:29
ހިޔާ ފްލެޓެއްގެ ބެލްކަނީގައި ޖިންސީ އަމަލު ހިންގި ދެ މީހުން ހައްޔަރުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތައް. ފޮޓޯ: ހުރިހާ ނިވްސް

SHARE

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރެއްގެ ބެލްކަނީގައި އާންމުންނަށް ފެންނަ ގޮތަށް ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގެ ތުހުމަތުގައި 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުން ބުނީ ހައްޔަރުކުރި މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވަނީ ހިޔާގެ 12 ވަނަ ޓަވަރުގެ ބެލްކަނީގައި އަންހެނަކާއި ފިރިހެނަކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.

އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް މި އަމަލު ހިންގާފައިވާ ބެލްކަނިއަކީ އެހެން ގިނަ ޓަވަރުތަކުގައި ދިރިއުޅޭ އާންމުންނަށް ސާފުކޮށް ފެންނަ ގޮތަށް ހުންނަ ތަނެކެވެ.

ރާއްޖޭގެ ގާނޫނުތަކުގެ ދަށުން އާންމު ތަންތަނުގައި ބަދުއަހުލާގީ އަމަލުތައް ހިންގުމަކީ މަނާ ކަމެކެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d