ދައުލަތުގެ ދަރަނި އަދާކުރުމަށް ހަރުމުދާ ވިއްކުން ރަނގަޅު: ރައީސް ނަޝީދު
ސައިފުﷲ އަލީ

SHARE
ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ދައުލަތުގެ ހަރުމުދާ ވިއްކައިގެން ނުވަތަ ޕްރައިވެޓައިޒް ކޮށްގެން ފައިސާ ހޯދުމަކީ ރަނގަޅު ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެކެވެ.
ރަސްމާލޭގައި ވޯޓާފްރަންޓެއް ތަރައްގީކުރުމަކީ ރަނގަޅު ހިޔާލެއް ކަމަށް ގަބޫލުކުރެއްވި ނަމަވެސް، އެކަމަކީ މި ވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އެ ހުރިހާ ކަމެއް އެންމެ އޮމާންކޮށް ދިޔަ ކަމުގައި ވިޔަސް، އެ މަޝްރޫއުން ދައުލަތަށް އާމްދަނީއެއް ލިބެން މަދުވެގެން ދެ އަހަރު ނަގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން މި ވަގުތަށް އެންމެ މުހިންމު ކަމަކީ ވަގުތުން ފައިސާ ލިބޭނެ ގޮތަކަށް ދައުލަތުގެ ހަރުމުދާ ވިއްކުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މާލީ ހާލަތު އިސްލާހުކުރުމަށް އަވަސް ހައްލުތަކެއް ހޯދުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

.jpg&w=3840&q=75)
