logo

މާލޭގައި ތިބެގެން ރާއްޖެއަށް ތަރައްގީ ހޯދޭކަށް ނެތް: ނަޝީދު

ސައިފުﷲ އަލީ

2 އޮކްޓޯބަރު 2026 - 15:51
މާލޭގައި ތިބެގެން ރާއްޖެއަށް ތަރައްގީ ހޯދޭކަށް ނެތް: ނަޝީދު

SHARE

ރާއްޖޭގެ ތަރައްގީ ދެން ހޯދެން އޮތީ މާލޭގައި ތިބެގެން ނޫން ކަމަށާއި އެހެން އެއްވެސް ތަނެއްގައި ނެތް މިންވަރަށް ރަށްރަށުގައި ވިޔަފާރީގެ ފުރުސަތުތައް ހުޅުވިފައިވާ ކަމަށް އެމްޑީޕީ ގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

"ރަށްވެހި ތަރައްގީ" ގެ ނަމުގައި ބާއްވާ އިންވެސްޓްމަންޓު ފޯރަމަކީ ނަޝީޑު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ އަލުން ހަވާލުވެވަޑައިގަތުމަށްފަހު އުފެއްދެވި ޕްރޮޖެކްޓްސް އޮފީހުގެ ބެލުމުގެ ދަށުން ބާއްވާ ފޯރަމެކެވެ. އެ އޮފީހުން ވަނީ އެމްޑީޕީ މެޖޯރިޓީ އޮތް ކައުންސިލްތަކާއެކު މަސައްކަތްކޮށް ރަށްރަށުގައި އިންވެސްޓުކުރެވިދާނެ ޕްރޮޖެކްޓުތައް ދެނެގަނެ އެ ޕްރޮޖެކްޓުތަކާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށްފައެވެ.

މިއަދުގެ ފޯރަމްގައި ސާޅީހަށްވުރެ ގިނަ ޕްރެޒެންޓޭޝަން ހުށަހަޅާއިރު ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ކައުންސިލްތަކަށް އިތުރު ބާރުތައް ދޫކޮށްލުމަށް ގޮވާލައްވާފައެވެ.

ރާއްޖޭގެ ތަރައްގީ ދެން ހޯދެން އޮތީ މާލޭގައި ތިބެގެން ނޫން ކަމަށާއި އެމްޑީޕީގެ ސަރުކާރެއްގައި އެއްވެސް ޕްރޮޖެކްޓެއް މާލޭގައި ނުހިންގާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ހުރިހާ ކަމެއް ހިންގަން ކައުންސިލްތަކަށް ބާރު ދޭންޖެހޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމްޑީޕީއަށް 2028 ވަނަ އަހަރު ރައްޔިތުން ވޯޓެއް ދޭނީ އެ ޕާޓީއާ އިދިކޮޅު ފަރާތްތަކާ ޒުވާބުކޮށްގެން ނޫނީ ބަދުބަސް ބުނެގެން ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެމްޑީޕީން ކަންކަން ހާސިލްކޮށްދީ ނަތީޖާ ނެރެދޭން ޖެހޭނެ ކަމަށާއި ސަރުކާރުން ހުރަސް އެޅިޔަސް ކައުންސިލްތަކުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ހަތަރު ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕީގައި ކަމަށާއި ސަރުކާރުން ކަންކަމަށް ހުރަސްއަޅާ ކަމަށް ބުނެ ތިބެވެން ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ. ސަރުކާރުން އެކި ގޮތްގޮތަށް ކަންކަން ކުރި ނަމަވެސް ކައުންސިލްތަކުން ނަތީޖާ ނެރެދޭންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ ފުރަތަމަ އިންވެސްޓްމަންޓު ފޯރަމެވެ. އެމްޑީޕީގެ ކޮންގްރެސްގައި މިއަދު މައިގަނޑު ކަމެއްގެ ގޮތުގައި ކުރިއަށްދަނީވެސް މި ފޯރަމެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d