ކަޅެހުއްޓާއަށް ގޮސް އުޅުނު މީހަކު ހާލު ދެރަވެގެން މަރުވެއްޖެ
ސައިފުﷲ އަލީ
6 އޮކްޓޯބަރު 2026 - 18:29

SHARE
ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި މީހަކު މަރުވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

މަރުވެފައިވަނީ ގއ. ކޮލަމާފުށީ، އަހުމަދު މިސްހާގު، 45 އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ފަހު 2:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އޭނާ މަރުވީ ޓީވީއެމްގެ ޕްރޮގްރާމަކަށް ރަށުތެރެ ތައްޔާރުކުރުމަށް ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށެވެ.
އަހުމަދު މިސްހާގު މަރުވެފައިވާކަން އެ އަތޮޅު އަތޮޅު ހޮސްޕިޓަލުން ޔަގީންކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
.jpg&w=3840&q=75)
