logo

ރޭ ހިނގި އެކްސިޑެންޓް: ވަގަށް ނަގާފައިވާ ސައިކަލަކަށް ތިން މީހުން އަރައިގެން ދުއްވީ ވަން ވޭ އާ އިދިކޮޅަށް

މިންހާ އަބްދުالله

7 އޮކްޓޯބަރު 2026 - 07:23
ރޭ ހިނގި އެކްސިޑެންޓް: ވަގަށް ނަގާފައިވާ ސައިކަލަކަށް ތިން މީހުން އަރައިގެން ދުއްވީ ވަން ވޭ އާ އިދިކޮޅަށް

މީގެ ކުރިން އެކްސިޑެންޓެއް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: މާހިލް، ނުކުތާ

SHARE

ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވީ 3 މީހުން އަރައިގެން ކަމަށާއި އެ ސައިކަލު ދުއްވާފައިވަނީ ވަން ވޭ އާ އިދިކޮޅަށްކަމަށް ފުލުހުން ހާމަކޮށްފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި އެކްސިޑެންޓާއި ގުޅޭ މައުލޫމާތު ދެމުން ފުލުހުން ބުނީ 3 މީހުން އަރައިގެން ދުއްވި ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ވެސް ނެތްކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި އެކްސިޑެންޓުގައި ފަސް މީހުންނަށް އަނިޔާވެފައިވާއިރު ހަތަރު މީހެއްގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު އައިޖީއެމްއެޗްއަށް ވަނީ ބަދަލުކޮށްފަ އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރު 2:55 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގަ އެވެ.

އެކްސިޑެންޓު ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ. މީގެ ތެރެއިން އެއް ސައިކަލުގައި 3 މީހުން ތިބިއިރު އަނެއް ސައިކަލުގައި ދެ މީހުން ތިއްބެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d