logo

ހުޅުމާލެ ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް، ފަސް މީހަކަށް އަނިޔާވި

ސައިފުﷲ އަލީ

7 އޮކްޓޯބަރު 2026 - 04:46
ހުޅުމާލެ ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް، ފަސް މީހަކަށް އަނިޔާވި

SHARE

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި އެކްސިޑެންޓު ހިނގާފައިވާކަމުގެ މައުލޫމާތު ރޭ ދަންވަރު 2:55 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި ޖުމްލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފުލުހުންގެ ބުނެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށް ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އޭގެ ތެރެއިން ތިން މީހަކަށް އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އަދި އަނެއް ދެ މީހުންގެ އައިޖީއެމްއެޗަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް އިތުރަށް މައްސަލަ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d