ޕާކިސްތާނުން ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި
އައިޝަތު ހިދާޔާ

SHARE
ޕާކިސްތާނުން މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރަސްމީކޮށް މަރުހަބަ ދަންނަވައިފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޕަކިސްތާނަށް ވަޑައިގަތީ އިއްޔެއެވެ. ރައީސަށް މިއަދު މަރުހަބާ ދަންނަވާފައި ވަނީ, އެގައުމުގެ ބޮޑުވަޒީރު މުހައްމަދު ޝެހެބާޒް ޝަރީފްގެ ގެކޮޅުގައެވެ. ރައީސަށް މަރުހަބާ ކިޔުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނަށް ވަނީ ގާޑް އޮފް އޮނާއެއް އަރުއްވައިފައެވެ.
މި ރަސްމިއްޔާތުގައި މިލިޓަރީ އޮނާއަށްފަހު ރައީސާއި ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ވާހަކަ ދައްކަވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ދެގައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ކުރެއްވުމަށާ، އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ފަހުމުނާމާތަކެއް ބަދަލުކުރުމަށް ވެސް ހަމަޖެހިފައި ވާކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއީ ރާއްޖޭގެ ރައީސަކު 10 އަހަރުތެރޭ ޕާކިސްތާނަށް ކުރައްވާފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި، ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދެގައުމުގެ ދެމެދުގައި ބޭއްވޭ މަތީ ފަންތީގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. ރައީސުލްގެ މި ދަތުރުފުޅަކީ، 26 ޖުލައި 1966 ގައި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ވެރިން ހިމެނިވަޑައިގަންނަވާ ވަފުދެއް ބައިވެރިވެވަޑައިގަތެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ޕާކިސްތާނުގެ "ދަ އިންޓްނޭޝަނަލް ނިއުސް ޕާކިސްތާން"ގައި ރިޕޯޓުކޮށްފައިވާގޮތުން, މި ދަތުރުފުޅުގައި އެކި ދާއިރާތަކުން 12 އެއްބަސްވުމެއްގައި ސޮއި ކުރާނެއެވެ. މި ދާއިރާތަކުގެ ތެރޭގައި ވިޔަފާރި އަދި އިންވެސްޓްމަންޓާ, ސިއްހީ ދާއިރާ, ތައުލީމީ ދާއިރާ, ތިމާވެށީގެ ދާއިރާ, ފަތުރުވެރިކަމުގެ ދާއިރާ, ސިވލް އޭވިއޭޝަން ދާއިރާ އަދި ދާޚިލީ ސަލާމަތްތަކާ ބެހޭ ދާއިރާ ހިމެނޭކަން ފާހަގަކޮށްފައި ވެއެވެ.


