logo

ބޯ ވާރެއާއެކު މާލެ ފެނުއަޑީގައި, އެހީބޭނުންވާނަމަ 1622އަށް ގުޅަން އެދެފި

އައިޝަތު ހިދާޔާ

21 އޮކްޓޯބަރު 2026 - 17:55
ބޯ ވާރެއާއެކު މާލެ ފެނުއަޑީގައި, އެހީބޭނުންވާނަމަ 1622އަށް ގުޅަން އެދެފި

SHARE

މިއަދު މާލެއަށް ބޯކޮސް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މާލޭގެ އިތުރުން އަޮޅުތެރޭ ގިނަ ރަށްތަކަށް ވެސް މެދުނުކެނޑި މިއަދު ވަނީ ވާރޭވެހިފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން މިއަދު މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓުން ވަނީ ހަވީރު 05:00އިން ފެށިގެން ރޭގަނޑު 21:00 އާ ހަމައަށް އޮރެންޖު ސމާލު ވެސް ނެރިފައެވެ. ބޯކޮސް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް މި ސަމާލު ނެރުނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ. އެއަށްފަހު މޫސުން އިތުރަށް ގޯސްވުމުން މި ސަމާލު 20:50ގައި ވަނީ އޮރެންޖު ސަމާލަކަށް ބަދަލުކޮށްފައެވެ.

އޮރެންޖު ސަމާލު ނެރުނީ ކ. އަތޮޅުން ފެށިގެން ވ, އަތޮޅާ ހަމައަށެވެ. އެއަށްފަހު މިރޭ 22:30ގައި އެ ސަމާލު ވަނީ ރީނދޫ ސަމާލަކަށް ބަދަލުކޮށްފައެވެ.

މެޓުން ބުނީ, މިއަދު މޫސުން ގޯސްވީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ, އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށެވެ. މި ކޮޅ:ިގަނޑުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާކަމަށް މެޓުން ބުންޏެވެ.

"މީގެ ސަބަބުން ކުރިއަށްއޮތް 24 ގަޑިއިރުތެރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ,"މެޓުން ބުންޏެވެ.

މި ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ, ގެތަކަށް ވެސް ދަނީ ފެންވަންނަމުންނެވެ. މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނީ, ، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ގޭގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކައުންސިލްގެ ޓީމުތަކުން މެދުކެނޑުމެއްނެތި ކުރަމުންދާކަމަށެވެ.

އަދި އެހީތެރިކަމެއް ބޭނުންވާނަމަ ސިޓި ކައުންސިލްގެ ހޮޓްލައިން ނަމްބަރު, 1622އަށް ގުޅަން ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d