logo

އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ގެމަނަފުއްޓަށް, މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ

އައިޝަތު ހިދާޔާ

22 އޮކްޓޯބަރު 2026 - 07:34
އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ގެމަނަފުއްޓަށް, މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ

SHARE

އިއްޔެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރި ވިއްސާރައިގައި, އެންމެ ގިނައިން ވާރޭ ވެހުނީ ގއ. ގެމަނަފުއްޓަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓުން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިއްޔެ ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ. މާލެއަށް ވެސް ހުއްތާނުލާ ގިނައިރު ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ވިއެވެ.

މެޓުން ބުނީ, ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގެމަނަފުއްޓަށް ކަމަށެވެ. އެރަށަށް 101.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު, މާލެއާއި ހުޅުމާލެއަށް ވެހިފައި ވަނީ 90 މިލިމީޓަރުގެ ވާރޭއެވެ. އަދި ގދ. ތިނަދޫއަށް 84.1 މިލިމީޓަރުގެ ވާރޭ އދ. މަހިބަދޫއަށް 81.6 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ.

މިއަދުގެ މޫސުން ލަފާކުރާގޮތް އާންމުކޮށް މެޓުން ބުނީ, މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

ކަނޑު ވެސް މިއަދު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.

މެޓުން އިއްޔެ ބުނީ, ރާއްޖެއަށް މޫސުން ގޯސްވީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ, އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށެވެ. މި ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާކަމަށް މެޓުން ބުންޏެވެ.

"މީގެ ސަބަބުން ކުރިއަށްއޮތް 24 ގަޑިއިރުތެރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ,"މެޓުން އިއްޔެ އިރުއޮއްސުން ވަގުތު ނެރުނު އިއުލާނެއްގައި ބުންޏެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d