logo

ޕާކިސްތާނާއެކު އިގްތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެ ތައްޔާރު: ސައީދު

ސައިފުﷲ އަލީ

22 އޮކްޓޯބަރު 2026 - 17:18
ޕާކިސްތާނާއެކު އިގްތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެ ތައްޔާރު: ސައީދު

SHARE

ޕާކިސްތާނާއެކު އޮތް އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކޮށް، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އެ ޤައުމާއެކު ގާތުން މަސައްކަތްކުރުމަށް ރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވަނީ ދެ ގައުމުގެ ވެރިން އެއްތަނަކުން ފެނިގެންދިއުމަކީ، ދެމެހެއްޓެނިވި އަދި ވަރުގަދަ އިގްތިސާދީ ގުޅުމެއް ބިނާކުރުމަށް ދެ ގައުމުންވެސް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ދެ ގައުމުގެ ވެރިންގެ ދަތުރުފުޅުގެ ތެރެއިން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ވިޔަފާރީގެ މުއާމަލާތްތައް މިހާރު ހުރި 13 މިލިޔަން އެމެރިކާ ޑޮލަރުން 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ރާއްޖެއިން ޕާކިސްތާނާއެކު ގާތުން މަސައްކަތްކުރުމަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މި ފޯރަމުގެ ޕްރެޒެންޓޭޝަންތަކާއި މަޝްވަރާތަކުގެ ތެރެއިން ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލާއި، މުހިންމު ދާއިރާތަކުގެ އިތުރުން އަލަށް އުފެދެމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކުރެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d