ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާން ކޮންޓްރޯލްވެއްޖެ
އައިޝަތު ހިދާޔާ
SHARE
ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައި ވާކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އާދިލް ވިދާޅުވެއްޖެއެވެ.

މި ހާދިސާ ހިނގީ މިއަދު ހެނދުނު 08:00 ހާއިރުއެވެ. ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާން އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ވޯކްޝޮޕަކަށް ވެސް ފެތުރުނެވެ.
މި ހާދިސާގެ އެންމެ ފަހުގެ މައުލޫމާތު " ނުކުތާ"އާ ހިއްސާކުރައްވަމުން އާދިލް ވިދާޅުވީ މިހާރު މި އަލިފާން ކޮންޓްރޯލް ކުރެވިފައި ވާކަމަށެވެ. އަދި ކައިރި ސަރަހައްދުތަކަށް ފެތުރުނު އަލިފާން ވެސް ނިއްވާލެވިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތިގައި, މި ހާދިސާގައި ވޯކްޝޮޕްތައް ވަނީ އަނދާ ހުލިވެފައެވެ.
މި ހާދިސާއާ ގުޅިގެން މައުލޫމާތު ދެއްވަމުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ , މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް އަދި ލިބިފައި ނުވާކަމަށެވެ.
ސިފައިންނާއި ފުލުހުން އަދި އެއާޕޯޓުގެ ފަޔާ ފައިޓަރުން ގުޅިގެން އަލިފާންގަނޑު ކޮންޓްރޯލްކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. ކުޅުދުއްފުށިން ފަޔާ ފައިޓަރުންގެ ހާއްސަ ޓީމެއް އެ ރަށަށް މިހާރު ވަނީ ގޮސްފައެވެ.
