logo

ފުނަދޫ އަލިފާނުގެ ހާދިސާ: ވައިގެތެރޭގައި ދުމާއި ތެލުގެ އަސަރު, ވާރެއާ ނުތެމުމަށް އިލްތިމާސްކޮށްފި

އައިޝަތު ހިދާޔާ

25 އޮކްޓޯބަރު 2026 - 09:06
ފުނަދޫ އަލިފާނުގެ ހާދިސާ: ވައިގެތެރޭގައި ދުމާއި ތެލުގެ އަސަރު, ވާރެއާ ނުތެމުމަށް އިލްތިމާސްކޮށްފި

SHARE
SHARE
https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވެ މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ބޯ ދުމާއި ތެލުގެ އަސަރު ވައިގެ ތެރެއަށް ފެތުރިފައި ވާތީ, މިހާރު ވެހޭ ވާރެއާ ނުތެމި ރައްކާތެރިވެ ތިބުމަށް އެރަށު ރައްޔިތުންނަށް ށ. އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.

ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ, މިހާރު ވެހެމުންދާ ވާރޭފެނުގައި ނުރައްކާތެރި މާއްދާތައް އެކުލެވިގެންވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އެހެންކަމުން، ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިވަގުތު ވެހޭ ވާރެއިން ފެން ނުނެގުމަށާއި، އަދި ވާރެޔާ ނުތެމި ރައްކާތެރިވެ ތިބުވުމަށް އަތޮޅު ހޮސްޕިޓަލުން ވަނީ އިލްތިމަސްކޮށްފައެވެ.

މި ހާދިސާ ހިނގީ މިއަދު ހެނދުނު 08:00 ހާއިރުއެވެ. ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާން އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ވޯކްޝޮޕަކަށް ވެސް ފެތުރުނެވެ. މި އަލިފާންގަޑު މިހާރު ނިއްވާލެވިފައިވާއިރު, ފޮޓޯތަކުން ފެންނަ ގޮތިގައި, އަލިފާނުގެ އަސަރުކުރި ވޯކްޝޮޕްތައް ވަނީ އިތުރަށް ބޭނުން ނުކުރެވޭވަރަށް އަނދާ ހުލިވެފައެވެ

ހާދިސާގައި އެކި ގޮތްގޮތުން އަސަރުކުރި 18 މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ. އޭގެތެރޭގައި ދުމުގެ އަސަރުކުރި މީހުންނާއި, އަލިފާނުގެ އަސަރުކުރި މީހުން ވެސް ހިމެނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d