logo

ޑިންގީއަކާއި އިންޖީނެއް ވިއްކާނެކަމަށް ބުނެ ސްކޭމްކުރި ބަޔަކު ހައްޔަރުކޮށްފި

އައިޝަތު ހިދާޔާ

28 އޮކްޓޯބަރު 2026 - 08:09
ޑިންގީއަކާއި އިންޖީނެއް ވިއްކާނެކަމަށް ބުނެ ސްކޭމްކުރި ބަޔަކު ހައްޔަރުކޮށްފި

SHARE

ޑިންގީއަކާއި އިންޖީނެއް ވިއްކާނެކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެމައްސަަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ދެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:

  1. ހީނާގެ, ނ. ހޮޅުދޫ، ޢަލީ ޢައްފާން (32އ)
  2. ޕްލާޒާ, ނ. ހޮޅުދޫ، މުޙައްމަދު ޙަމީދު (34އ)
  3. ވީނަސް / ނ. ވެލިދޫ، ޙައްސާނު ޢަލީ (34އ)

ފުލުހުން ބުނީ, މި ތިންމީހުންގެ ތެރެއިން ޙައްސާނު ޢަލީ ހައްޔަރުކޮށްފައިވަނީ ސެޕްޓެންބަރު ދެވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްއިން ދިމާވި މީހަކާ ވާހަކަދައްކައި ޑިންގީއެއް ވިއްކާނެ ކަމަށްބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ. އޭނާ ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހު ނ. ވެލިދޫއިންނެވެ.

ފުލުހުން ބުނީ, ކޯޓު އަމުރެއްގެދަށުން އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވާކަމަށެވެ.

ޢަލީ ޢައްފާންއާއި، މުޙައްމަދު ޙަމީދު ހައްޔަރުކޮށްފައިވަނީ އޮގަސްޓު ހަތްވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްގައި އިންޖީނެއް ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެންކަމަށް ފުލުހުން ބުންޏެވެ.

އެ ދެމީހުން ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު ނ. ހޮޅުދޫއިންނެވެ. ކޯޓު އަމުރެއްގެދަށުން އެ ދެމީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި ދެމައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d