ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އައިމަން ހައްޔަރުކޮށްފި
ސައިފުﷲ އަލީ
3 ނޮވެމްބަރު 2026 - 14:49

SHARE
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއީލް ފުލުހުން ހައްޔަރުކޮށްފިއެވެ.

އައިމަން ހައްޔަރުކުރީ އޭނާގެ އަމިއްލަ ދަރިފުޅަށް ތަކުރާރުކޮށް ޖިންސީ ގޯނާކުރާ ކަމަށް ބުނެ މީސްމީޑިއާގައި ކަންބޮޑުވުންތަކެއް ހާމަކުރުމާ ގުޅިގެން ފުލުހުން އަލުން ތަހުގީގު ފެށުމަށްފަހުއެވެ.
މި މައްސަލައިގައި އަނިޔާލިބޭ ކުއްޖާ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހަންމަލް ކުރަމުންދާ ކަމުގެ ކަންބޮޑުވުން މީސްމީޑިއާގެ ސަމާލުކަމަށް ގެނައީ ޓިކްޓޮކް ތަރި ޝެހެނާޒް މޫސާއެވެ.
މުހައްމަދު އައިމަން އިސްމާއީލަކީ 2011 އިން 2014 އަށް އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރުކަން ކޮށްފައިވާ މީހެކެވެ.


