logo

ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން 21,000 ޑޮލަރު ނެގި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި

އައިޝަތު ހިދާޔާ

1 ނޮވެމްބަރު 2026 - 14:44
ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން 21,000 ޑޮލަރު ނެގި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި

SHARE

ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން 21,000 ޑޮލަރާއި ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައެއްގައިހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުން ބުނީ, މި މީހުން ހައްޔަރު ކުރީ އޮކްޓޫބަރު 24 ވަނަ ދުވަހު ކާކުކަން ނޭނގޭ ފަރާތަކުން، މީހަކަށް ގުޅައިގެން އޯޓީޕީ ކޯޑު ހޯދައި، އެ ކޯޑު ބޭނުންކޮށްގެން ބެންކު އެކްސެސް ހޯދައި، މީހެއްގެ އެކައުންޓުން 63,000 ރުފިޔާއާއި، 21,000 ޑޮލަރު މަކަރާއި ހީލަތުން ފޭރުނު މައްސަލައަކާ ގުޅިގެން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ :

  1. ޏ. ފުވައްމުލައް / ދޫޑިގަން. ގޯލްޑަންގޭޓް، އިބްރާހީމް ޝާރިފް (34އ)
  2. ފ. ފީއަލި / މަތަރެސްމާގެ، ޖިނާޙު އަޙްމަދު (29އ)
  3. ފ. ނިލަންދޫ / ނަޒުމު، އިބްރާހީމް މުޢާޒު (38އ)
  4. ލ. ގަން / މަތިމަރަދޫ. ލިލީނައިޓް، ޢަލީ ދާއިން (21އ) އެވެ.

މި މީހުންގެ ތެރެއިން ތިން މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަނެއް މީހާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖިނާހު އަޙްމަދު 10 ދުވަހަށް އަދި ދެންތިބި ތިން މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d