logo

ބޭރު ފައިސާ މާރުކޮށްދޭކަމަށް ބުނެ ހިންގާ ސްކޭމްތައް އިތުރުވަނީ

އައިޝަތު ހިދާޔާ

3 ނޮވެމްބަރު 2026 - 08:30
ބޭރު ފައިސާ މާރުކޮށްދޭކަމަށް ބުނެ ހިންގާ ސްކޭމްތައް އިތުރުވަނީ

ފުލުހުންގެ މައި އިދާރާ

SHARE

ބޭރު ފައިސާ މާރުކޮށްދޭކަމަށް ބުނެ ސްކޭމް ހިންގާ މިންވަރު އިތުރުވެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުން ވަނީ މިދިޔަ ހަފުތާގައި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅި މައްސަލަތަކުގެ ތަފާސްހިސާބު މިއަދު އާންމުކޮށްފައެވެ.މިދިޔަ ހަފުތާގައި ސްކޭމްގެ 32 މައްސަލަ އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވެއެވެ. އޭގެތެރޭގައި ވެސް އެންމެ ގިނައީ ފައިސާ މާރުކޮށްދޭނެކަމަށް ބުނެ ހިންގާފައިވާ ސްކޭމްތަކެވެ.

މިފަދަ 17 މައްސަލަ ހުށަހަޅާފައިވާއިރު, ދެވަނައަށް އެންމެ ގިނައީ އީކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާފައިވާ ސްކޭމްތަކެވެ. މިފަދަ ހަ މައްސަލައެއް މިދިޔަ ހަފުތާގައި ފުލުހުންނަށް ރިޕޯޓުކޮށްފައި ވެއެވެ.

މިދިޔަ ހަފުތާގައި ފުލުހަށް ހުށަހަޅާފައިވާ ސްކޭމްގެ އިތުރު މައްސަލަތައް:

  1. އިންވެސްޓްމަންޓުގެ ނަމުގައި ސްކޭމްކުރި ހަތަރު މައްސަލައެއް
  2. އޮޅުވައިލައިގެން އެހެންމީހަކަށް ހެދިގެން ސްކޭމްކުރުމުގެ އެއް މައްސަލަ
  3. އެހެނިހެން ހަތަރު މައްސަލަ

ފުލުހުން މިދިޔަ ހަފުތަގައި ރިޕޯޓުކުރި ސްކޭމްގެ މައްސަލަތަކުގައި ޖުމުލަ 737,695.26 ރުފިޔާ ގެއްލިފައި ވާކަމަށެވެ. މީގެތެރެއިން ހޯދުނު ފައިސާގެ އަދަދަކީ 144,558.26 ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ފައިސާ މާރުކުރުމުގެ ނަމުގައި ގިނަ ސްކޭމްތަކެއްމިހާރު ހިންގާކަން ފާހަގަކޮށްފައެވެ.

" ރޭޓް އާދަޔާ ޚިލާފަށް ރަނގަޅުނަމަ އެއީ ސްކޭމަކަށް ވެދާނެ. ފައިސާ ޖަމާކުރުމުގެ ކުރިން މާރުކުރާފަރާތުގެ ފައިސާ ލިބިއްޖެތޯ ޔަގީންކުރައްވާ، އަދި ކާކުކަން ކަށަވަރުނަވަނިސް ފައިސާ ނުދެއްވާ," ފުލުހުންގެ އިލްތިމާސްގައި ވެެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d