logo

ފާނަބަސަންދު ފެތުރެނީ، ސަމާލުވޭ!

އާއިޝަތު ޝިޔާއު ހުސައިން

28 ފެބްރުއަރީ 2024 - 11:52
ފާނަބަސަންދު ފެތުރެނީ، ސަމާލުވޭ!

SHARE

ފާނަބަސަންދު ފެތުރޭތީ އެ ކަމަށް ސަމާލުވެ ރައްކާތެރިވުމަށް، ހެލްތު ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އެޗްޕީއޭއިން ވިދާޅުވީ އެ ބަލީގެ ކޭސްތައް އިތުރުވާތީ ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އާންމުން އެޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެއީ ވައިރަހަކުން ޖެހޭ ބައްޔެއް ކަމަށެވެ.

އެޗްޕީއޭއިން ބުނާ ގޮތުގައި މިދިޔަ މަހު ފާނަބަސަންދުގެ 228 ކޭސް ރިޕޯޓް ކޮށްފައި ވާއިރު މި މަހުގެ މިހާތަނަށް 215 ކޭސް ރިޕޯޓު ކޮށްފައިވެއެވެ.

ފާނަބަސަންދުގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުން، ވަރުދެރަވުން، ނޭފަތުން ފެން އައުން އަދި ހަމުގައި ފެންއަރާފައި ހުންނަ ބިހިތަކެއް ނެގުން ހިމެނެއެވެ. މި ބަލި ޖެހެނީ ބަލި ޖެހިފައި ހުރި މީހަކު ކެއްސާ ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުގެ ޒަރިޔާއިންގެ އިތުރުން، ބިހިނަގާފައި ހުރި މީހެއްގެ ގައިގައި ބީހުމުން ނުވަތަ އޭނާ ބޭނުންކޮށްފައި އޮތް ތުވާލި، އަންނައުނު ފަދަ ތަކެތި ބޭނުން ކުރުމުންނެވެ.

މި ބަލި ޖެހިއްޖެ ނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުމަށާއި ގެއިން ބޭރަށް ނުދިޔުމަށާއި ވެކްސިން ނުޖަހާ ނަމަ އެ ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/