މި ކިޔާދެނީ ރަމަޟާން މަހު ދުޅަހެޔޮކޮށް ހުރުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ ވާހަކަ.

ޢަލީ އަލްވިން

SHARE
ރޯދަމަހަކީ ކޮންމެ މީހެއްގެ ވެސް, ކެއުމާއި, އާދަތަކަސް ބޮޑު ބަދަލެއް އަންނަ މަހެކެވެ. މިފަދަ ބޮޑު ބަދަލެއް ގެންނައިރު, މީހާގެ ސިއްހަތު އެންމެ ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ކުރަންޖެހޭ މުހިއްމު ކަންތައްތަކެއް ހުންނާނެއެވެ.

މި ލިޔުމުގައި ބަލައިލާނީ މިގޮތުން, ރޯދައަށް ހުންނަ އިރު, ސަމާލުކަންދޭންޖެހޭ ސިއްހީ ބައެއް އާދަތަކަށެވެ.
1. ހާރުކެއުން ދޫކޮށްނުލާށެވެ.
ޖުމުލަ ގޮތެއްގައި ބުނާނަމަ ހާރަކީ ދުވަހުގެ އެންމެ މުހިންމު ކެއުމެވެ. އަދި ހާރުކެއުން ރަމަޟާންމަހު އެއަށްވުރެ މުހިއްމުވެގެންދެއެވެ! ނިދި ހަލާކުވެދާނެކަމުގެ ބިރަށްޓަކައި ހާރު ނުކައި ދޫކޮށްލުން އެއީ ކުރުން އެންމެ ރަނގަޅުކަމެއް ނޫން ކަމުގައި ސިއްޙީ މާހިރުންވެސް ލަފާދެއްވައެވެ. އެގޮތުން ރޭގަނޑުގެ ކުރީކޮޅު އަވަހަށް ނިދައި ހާރުކެއުމަށްޓަކައި ރޭގަނޑުގެ ފަހުބައިގައި ހޭލާނަމަ ނިދި މަދުވުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެއެވެ.
ރޯދައަށް ހުރުމަށްޓަކައި ދުވާލުގެ ގިނަވަގުތު ކާއެއްޗެއް ނުކައި ހުރުމުގެ ސަބަބުން ދުވާލު ގަޑީގައި ހަށިގަނޑުން ފެން މަދުވެ ވަރުބަލިކަން އިހުސާސްވުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން މިފަދަ ކަންކަމުން ރައްކާތެރިވުމަށް ހާރުކެއުމަކީ މުހިންމުކަމެކެވެ. މީގެ ނަތީޖާ އަކަށްވަނީ ހާރުކެއުން ދޫކޮށްލުމުގެ ސަބަބުން ރޯދަ ވީއްލާ ވަގުތު މާގިނައިން ކެއުމަށް ހިތްވަރު ލިބުމާއި އެކު ސިއްހަތަށް ނުރަނގަޅު ބަރުދަން އިތުރުވުމުގެ ފުރުސަތު ބޮޑުވުމެވެ.
.png&w=3840&q=75)
2. ރޯދަ ވީއްލާވަގުތު މާގިނައިން ނުކާށެވެ.
ހާރުކެރުން ދޫކޮށްލުން ރަނގަޅު ނޫން ފަދައިން، ރޯދަ ވީއްލަން ވަގުތު ޖެހުމުން މާގިނައިން ކެއުމަކީ ހަށިގަނޑަށް އެކަމުގެ ނުރަނގަޅު ގެއްލުން ލިބިދާނެ ކަމެކެވެ.
ރޯދަ ވީއްލާ ވަގުތުގައި ކެއުމަށް ބޭނުންކުރާ ތަކެތި ވާންޖެހޭނީ މިންހެޔޮ، އެތަކެތިން ފައިދާ ލިއްބައިދޭ ކެއުމަކަށެވެ. ހާއްސަކޮށް ސަރުބީ ގިނަ ކާނާ މާގިނައިން ކެއުމާއި މާގިނައިން ބޭނުންކުރުމަކީ ހަޖަމުވުން ލަސްކޮށްދީ ހަށިގަނޑުގެ ބަރުދަން އިތުރުވެދާނެ ކަމެކެވެ. ލަސްލަހުން ރޯދަ ވީއްލުމަށް ތައްޔާރު ކޮށްފައިވާ ތަކެތީގެ ފޮނިމީރުކަން ލިބިގަތުން އެއީ އެންމެ ފައިދާކުރަނިވި ގޮތެވެ.
3. ތެލުލި ކާނާ، ލޮނުގަދަ ކާނާ އަދި ހަކުރު ގިނަ ކާނާ ކެއުމުން ދުރުހެލިވާށެވެ.

ރޯދަ ވީއްލުމަށް ތެލުލި ކާނާއާއި، ލޮނު ގިނައިން ބޭނުންކޮށްގެން ތައްޔާރުކުރާ ކާނާ އަދި އެތަކެތީގައި ހަކުރު ގިނައިން ބޭނުން ކޮށްގެން ތައްޔާރުކުރާ ކާނާއިން މުއްސަނދިވުމަކީ އާންމުކޮށް ރަމަޟާންމަހު ގޭގޭގެ ސުފުރާމަތިން ފެންނަ ކަމެކެވެ. މިފަދަ ކާނާގެ ސަބަބުން ކުރު ވަގުތުކޮޅަކަށް ހަޑިގަނޑަށް ފަސޭހަކަން އިހުސާސް ކުރެވުނުނަމަވެސް، ޖެހިގެން އަންނަ ދުވަހު ރޯދަ ހިފުމަށް ދަތިތަކެއް ކުރިމަތިވެދާނެ އެވެ.
ސިއްހަތަށް ނުރަނގަޅު ދަރަޖައަށް ބަރުދަން އިތުރުވުމުގެ އިތުރުން ސަރުބީ އަދި ހަކުރު އެކުލެވޭ ކާނާ ކެއުމުން ހަޖަމުގެ ބައި ލަސްވުމާއި ވަރުބަލިކަން ވެސްބކުރިމަތިވެއެވެ. މީގެ އިތުރުން ޚާއްސަކޮށް ހާރުކެއުމުގައި ގައި ލޮނު ބޭނުންކުރާ މިންވަރު މަދުކުރަން ޖެހޭއިރު، މިއީ ކަރުހިއްކުން އިތުރުވާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.
އޭގެ ބަދަލުގައި މޭވާއާއި ތަރުކާރީ، ބަތް އަދި މީގެ އިތުރުން މަހާއި ހިމެނޭ ގޮތަށް ބޮޑެތި ހުރިހާ ކާނާ ބާވަތްތަކެއްގެ ކެއުމުގެ ހުރިހައި ވަގުތުތަކެއްގައި ހިމަނަން މަސައްކަތް ކުރާށެވެ. ރަމަޟާންމަހު ފައިބަރު ގިނަ ކާނާ ބޭނުން ކުރުމަކީ ވެސް ރަނގަޅު ކަމަކަށް ވާއިރު، ދަޅު ދަޅުގައި ބަންދުކޮށްފައި މާރކެޓު ތަކުގައި ހުންނަ ކާނާއަށް ވުރެ ހަޖަމު ކުރުމަށް ފަސޭހަވާނީ މަތީގައި އަލިއަލުވާލެވިފައިވާ ކާނާގެ ބާވަތްތަށް ގޭގައި ތައްޔާރުކޮށް ބޭނުންކުރުމުންނެވެ.
4. ވީހާވެސް ގިނައިން ފެން ބޯށެވެ.
ހާރުކާ ވަގުތާއި ރޯދަ ވީއްލާ ވަގުތު އަދި ތަރާވީސްދަމު ވީހާވެސް ގިނައިން ފެން ބުއިމަކީ ރޯދަ ހިފުމުގެ ތެރޭގައި ހަށިގަނޑުން ފެން މަދުވުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ.
ކޮންމެ ދުވަހެއްގެ ހާރުދަމުގެ ވަގުތުގު އާއި ރޯދަ ވީއްލާ ވަގުތު މަދުވެގެން 8 ތަށީގެ ފެން ބުއިމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާށެވެ. އަދި ދިޔާތަކެތީގެ ތެރޭގައި ހަކުރު ނާޅައި ތައްޔާރުކުރާ ޖޫސް، ކިރު، ބުއިން އަދި ސޫޕް ހިމެނޭ ނަމަވެސް ފެނަކީ އެންމެ ރަނގަޅު ގޮތެވެ.
މީގެ އިތުރުން އެންމެ ރަނގަޅީ ކޮފީ، ސައި އަދި ކޮލާ ފަދަ ކެފެއިން އެކުލެވޭ ބުއިންތައް ވެސް މަދުކުރުން ކަމުގައި ވާއިރު މިއީ ޑައިއުރެޓިކް އަސަރެއް ކުރާ (އާދަތާ ހިލާފަށް ހަށިގަނޑުން ފެންބޭރުކުރާ) އަދި ހަށިގަނޑުން ފެން މަދުކުރުމަށް (ފުލުއިޑް ލޮސް) މަގުފަހިކޮށްދޭ ބުއިންތަކެކެވެ.