SHARE
ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް މިއަދު ރިޕޯޓު ފޮތް ދިނުމާ އެކު، މިއަހަރުގެ ބޮޑު ޗުއްޓީ ފެށިއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ދިރާސީ އާ އަހަަރު ފެށޭނީ ކުޑަ އީދަށް ފަހު އެޕްރީލު ހަތެއް ގައެވެ. މިއަހަރުގެ އަހަރީ ބޮޑު ޗުއްޓީ ރޯދަމަހަށް ފެތުމާއެކު ރޯދަ މަސް އެއްކޮށް ބަންދުވާނެއެވެ.
މުޅި ރާއްޖޭގެ 216 ސްކޫލެއްގައި މި އަހަރު ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ޖުމުލަަ 96،000 ކުދިން ތައުލީމު ހާސިލުކޮށްފައިވާއިރު, އެއީ 40،300 އަންހެން ކުދިންނާއި 42،700 ފިރިހެން ކުދިންނެވެ.
އަދި މިއަހަރު ސަރުކާރު ސްކޫލުތަކުގައި 12،000 އަށް ވުރެ ގިނަ ޓީޗަރުން ކިޔަވައިދިނެވެ.
އަންނަ ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ލިބޭނީ ޖުލައި 24 އިން އޮގަސްޓު 10 އަށެވެ. އަދި ދަރިވަރުންނަށް މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28ގައެވެ.
.png&w=3840&q=75)